You are on page 1of 1

‫ނ ‪ޮ 16‬ގތް‬

‫ށ ެވވޭ ެ‬ ‫ދ ްއރ ަ‬
‫ިސ ަކ ް‬ ‫ބ ުމ ަ‬
‫ޔ ު‬
‫ކާމި ާ‬
‫‪ . 01‬ރަނގަޅު ލެސަން ޕްލޭންތަކެއް ތައްޔާރުކުރައްވާށެވ ެ‪ .‬އަދި މުދައްރިސާއި ދަރިވަރުން ކުރަންޖެހޭކަންތައްތައް ދެނެގަންނާށެވެ‪.‬‬

‫‪ . 02‬ދެއްވާފައިވާ ފިލާވަޅުތަކަކީ ޝައު ޤްވެރި ފިލާވަޅުތަކަކަށް ހައްދަވާށެވެ‪.‬‬

‫‪ . 03‬ފިލާވަޅުތައް ފެއްޓެވުމުގެ ކުރިން ހުރިހާ ޓީޗިން އެއިޑްސް ތަކާއި އެހެނިހެން ސާމާނު ތައްޔާރުކުރައްވާށެވ ެ‪.‬‬

‫‪ . 04‬ޝައުގުވެރި ފެށުމަކުން ކޮންމެ ފިލާވަޅެއްވެސް ފައްޓާށެވ ެ‪.‬‬

‫‪ . 05‬ވާހަކަދައްކަވަން ފެއްޓެވުމުގެކުރިން ކުދިންގެ ސަމާލުކަން ރަނގަޅަށް ހޯއްދަވާށެވެ‪.‬‬

‫‪ . 06‬ވާހަކަ ދައްކަވާއިރު މުޅިކުލާހަށް ނަޒަރު ހިންގަވާށެވެ‪.‬‬

‫‪ . 07‬ގިނައިރުވަންދެން "ހުސް" ވާހަކަ ނުދައްކަވާށެވެ‪.‬‬

‫‪ . 08‬ޓީޗިންގ އެއިޑްސްތައް ގިނަގިނައިން ބަދަލުކުރައްވާށެވ ެ‪.‬‬

‫‪ . 09‬ކުލާސް ތެރޭގައި ހިނގާ ކަންތައްތައް ހުރިހާ ކުދިންނަށް ފެންނާނެގޮތަކަށް ހައްދަވާށެވެ‪.‬‬

‫‪ . 10‬ކަންތައްތައް ކުރަންވީގޮތް ރަނގަޅަށް އޮޅުން ފިލުވައި ދެއްވާށެވެ‪ .‬އަދި އެނގުނުތޯ ބައްލަވާށެވ ެ‪.‬‬

‫‪ . 11‬ކުދިންނާ ގުޅޭ ފެންވަތުގެ މަސައްކަތް ދެއްވާށެވެ‪ .‬މަސައްކަތް މާބޮޑަށް ފަސޭހަ ނުކުރާށެވެ‪ .‬އަދި މާ ބޮޑަށް އުނދަގޫ މަސައްކަތް ނުދެއްވާށެވެ‪.‬‬

‫‪ . 12‬ކުދިންނަށް އެކަށީގެންވާ އަދަދަކަށް މަސައްކަތް ދެއްވާށެވެ‪.‬‬

‫‪ . 13‬ކުދިން ކުރާނެ މަސައްކަތެއް އަބަދުވެސް ކުދިންނަށް ދެއްވަމުން ގެންދަވާށެވެ‪.‬‬

‫‪ . 14‬ކުލާސްވަށައިގެން ޙަރަކާތްތެރިވެ ލައްވާށެވެ‪ .‬އަދި ބޭނުންވެއްޖެނަމަ ކުލާހުގެ ފަރުނީޗަރުގެ ތަރުތީބުން ބަދަލު ގެންނާށެވެ‪.‬‬

‫‪ . 15‬ކުދިންގެ އެހީތެރިއަކަށް ވެލައްވާށެވެ‪.‬‬

‫‪ . 16‬އަވަހަށް މަސައްކަތް ނިންމާ ކުދިންނަށް ހަވާލުކުރާނޭ މަސައްކަތް ރާއްވަވާށެވެ‪.‬‬

‫އަދި‬

‫‪ ‬ހިނިތުން ވެފައިވާ މޫނެއް ކުދިންނަށް ދައްކަވާށެވެ!!!‬

‫ސ ޢ ްިފ‬
‫© ުމ ަޙ ްއ ަމ ުދ ާ‬

You might also like